ޅެން: އަޙުމަދު ޔާމީން
މިއީ އަދު މި ޤައުމުގެ ނަމޫނާ ޒުވާނުން
މިއީ ދީބު އެދިވާ ލަފާދާރު މިތުރުން
***************
ވަމާހޭ މި ޤައުމަށް ވަފާތެރި ޒުވާނުން
ދަމާހޭ މި ޖާނުން ނިކަން ރޫހު ނެރެމުން
***************
ލަފާދާރު ވެރިއެއް ނެތޭ މިއަދު
އަމުދުން
އަތާއަތް ގުޅާލާނެ ވެރިއަކު މި ޖައްވުން
***************
ކުރިން ހީކުރީމޭ ތިއީ މާތްވި ޝޭޚުން
ހިނގީމޭ އަދަބުވެރި ކަމާއެކު މަ ފަހަތުން
***************
ވަފާތެރިކަމޭ ދެންނެވޭނީ ކިހިނަކުން
ފަސާދައިގެ ހުޅުގަނޑު މި ދީބަށް
ފެތުރުމުން
***************
ބަޣާވާތު ކުރުމަށް އެސޮރުމެންގެ ރޭވުން
ބަލާލަން މަ ޓީވީ ، ވިޔޭ ކޮސް އެ
އަމަލުން
***************
ބަޔާނެއް ނުވާނޭ ހިތަށްވީ ތުރާލުން
ޚިޔާނަތްތެރިން ހާދަ ގިނައޭ މި ޤައުމުން
***************
ބަޣާވާތު ސައްލާ ކުރެއްވީތި އެދުރުން
ދިމާ އިދިކޮޅަށް ޤައުމު ނިކުތީއެ
ގެދޮރުން
***************
ޚިޔާނަތްވި ޒާލިމް ވަގުންކަން މި
ދޭހުން
ޒަމާނާއި ހާލަތު ދެޔޭ ހެކި ޔަޤީނުން
***************
ނަޝީދުގެ ނަމޫނާ ހިފާށޭ ޒުވާނުން
ނަޝީދީ ޗަމަން ވީ ފަވަން ލޭގެ ރަމްޒުން
***************
އެހާ މާތްވި ވެރިއެއް ނުވާނޭ ޒަމާނުން
އެހާ ސާފު ހިތްތިރި ޒުވާނެއް ޔަގީނުން
***************
ލަފާދާރު ޢިލްމީ ނަމޫނާ ޒުވާނުން
ދަމާ ޖޯޝުގާ ތިބެ މި
"އަންނީގެ" ފަހަތުން
***************
"ނަނާ ހުވަފެނެއްގާ" ތިބީމޭ
މި ދިވެހިން
ފަނާ ކޮށްލި ދިގުވީ
"ތިރީހުގެ" އުދާހުން
***************
ދަރިންނޭ ފިކުރުކޮށް ދުރަށްވީ ބަލާލަން
ހަށިން ހޭ ފޮޅާ ކުރުވި ތަޢުބީރު
ޢަމަލުން
***************
އަށެއް ސައްތަ ދޭކުން ވި އޯގަސްޓު
ހަތަކުން
ބިރެއްނެތި ވެދުންކޮށްލި ޤާނޫނު
ޙައްޤުން
***************
"އަނެއް ރާއްޖެ"
ތަނަވަސްކަމާއެކުގަ ހޯދަން
މަމެން ފުރިތަނާ ކޮށްލި ޖާހިލުވި
ޢަމަލުން
***************
އެ ޢިމުރާނު، ޔާމިން ، ޝަހީމާ އި ޝޭޚުން
އެ ހިނދުވީ ޚިޔާނަތް އެ ޤާސިމް
ޔަޤީނުން
***************
އެ ޙަސަނާއި، މައުމޫނު، ޖާބިރުގެ
ރޭވުން
އެ ޙަސަދައިގެ ހޫނުން ގެނައި
އިންޤިލާބުން
***************
ރިޔާޒާއި ، ނާޒިމް ، އުމަރު ސާރގެ
އަމުރުން
ހިލާލީ މި ދީބުގެ އުޚުއްވަތް
އެޢަމަލުން
***************
ވަޙީދާއި ، ތަސްމީނު، އިލްޔާސު
އަމުދުން
މަ ހީހީ ހަލާކޭ މިގަތް ހުތުރު
ގަނޑަކުން