08 April 2012 10 comments

އެކަނިވީމާ




ޅެން: އަޙުމަދު ޔާމީން
ރާގު: ޕެރިސް އިވްނިންގ ކަރުގާވާ...


ހިތާ ހަށިގަނޑު ދެތަން ކޮށްފާ ، ފަނާކޮށް ހިތް ޒަޚަމް ކޮށްފާ
މިތާ ދުނިޔޭގެ ފަސްގަނޑުގާ ، ކަލާ ދިޔައީ އެކަނި ކޮށްފާ

********************

އެރޭދިން ސަނދުރަވީ އަލިކަން އުޖާލާ މޫނު ކޮށްލީމާ
އެރޭ ނިޔަނެތި ސަމާސާގާ ދެމީހުން އަތު ގުޅާލީމާ
އެރޭ ދުށް ލޯބި ހުވަފެންތައް އޮޔާ އެކުގާ އޮބާލީމާ

********************

ޔަގީނޭ މާމަލުގެ ރާނީ ކަމަށް ހިތުގާ ފަވާލީމާ
ހަގީގީ ރީތި ކަން ފެނިފާ ތަރިރުހަނދު އިސް ޖަހާލީމާ
ޔަގީނޭ ޝާއިރުން މޮޔަވާނެއޭ މޫނަށް ބާލާލީމާ

********************

އެރޭ އުފަލުން އެމެހެފިލްގާ ތަރާނާ ޔާރު އިއްވީމާ
މެރޭހިނދު ލޯ އެމަންޒަރުތައް ތަސައްލީއެއް ކަމަށްވީމާ
 ކެރޭނޭހޭ އެދެން އިޝްޤަށް ޒުވާނާ ބޭވަފާވީމާ

********************

ވިލާ ރަތްލާ މަނާޒިރުގާ އަތާ އަތް ޖޯޑު ކޮށްލީމާ
ހިލާ ދެގޮތެއް ނުވާނޭ ބުނެ އެތައް ވައުދެއް އުވާލީމާ
ފިލާ އޮވެ ހިތުތެރޭ ރަނިކަން ކަލާ އުފަލުންމެ ކޮށްލީމާ

********************

މިއީ ލޯބީގެ ފޮނިމޭވާ ކަމަށް ޔާރާ ބުނެފަ ވީމާ
މިއީ އަދު އަޅުގެ ތަޤުދީރޭ ކަލާ ބުނެދިން ހަނދާން ވީމާ
މިއީ ރަޙުމަތްކަމަށް ވެވިދާނެހޭ ދުނިޔޭން އެކަނިވީމާ




Labels

 
;