ބިސްމިﷲ ..!!

ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތްތާ  2012 އަހަރު ފަހުން އަދި މުހައްމަދު ބަވަނަ ނަބިއްޔާ މައްކާ ދޫކުރަށްވާ މަދީނާއަށް ހިޖުރަކުރެއްވިތާ 1433 އަހަރުފަހުން މާތްވެގެންވާ ދިވެހި ބިމުގައި މާތްވެގެންވާ ދިވެހި ބަހުން މި ފަތްފުއްތައް ލިޔުމުގެ މަސައްކަތް އަހުރެން، މީލާދީ ސަނަތުން 23 މާރޗް 2012 ވީ ހުކުރު ދުވަހު ފުރަމާލޭގަޑިން 00:46 ގައި ބޮޑު ސުވާމީންގެ ހަޟްރަތުން ވާގިއެދި ފަށައިގަތީމެވެ.

އަހުރެން ހެއްޔެވެ؟ އަހުރެންނީ މިމާތް ދިވެހި ބިމަށް ފޫޅުކެނޑި މާތްވެގެންވާ ދިވެހި ފަރުދަކީމެވެ. "ޔާނު" ގެ ނަމުގައި އަހުރެންނަށް ލިޔަން އެނގުނު މިންވަރަކުން ލިޔެ އުޅޭތާ ޒަމާން ތަކެއް ވޭތުވެ ހިނގާއްޖެއެވެ. އަހުރެންގެ ހުރިހާވެސް  ބޭނުމަކީ ވެވުނު ވަރަކުން ވަކިފަރާތަކަށް ނުޖެހި، ކަމުގެ ދެކޮޅު ދައްކާ ހާލު، މުޖުތަމަޢުގެ ބައެއް ކަންކަމާއި މެދު އަހުރެންގެ ހިތުގެ އުދާސްތައް މި ފަތްފުއްތަކަށް އޮއްސާލުމެވެ. އަދި ހަވާސާގެ ބޭރުން ޒަމާނުގެ ތާސީރުން އުތުރި އަރާ ފުރާ ފުރިހަމަ ވަމުން އަންނަ މި އަޅާގެ ހިތުގެ ކަނެއްގައި ރައްކައު ކުރެވިފައިވާ ލޯތްބާމެދު ދެތިން ލަފްޒެއް ހާމަކޮށްލުމެވެ.

އަހުރެންނަކީ ލިޔުންތެރިއެއް އަދި ލިޔުންތެރިއެއްގެ ދަރިއެއްވެސް ނުމެނޫނެވެ. އެހެނަސް އަހުރެންގެ ލިޔުންތައްވެސް ކިޔާލާނެ މީހަކު ވެދާނެ ތޯއްޗެކެވެ..!!!

ވައްސަލާމް..!!




0 comments:

Post a Comment

Labels

 
;