ޅެން: އަޙުމަދު ޔާމީން
ރާގު: ޕެރިސް އިވްނިންގ ކަރުގާވާ...
ހިތާ ހަށިގަނޑު ދެތަން ކޮށްފާ ، ފަނާކޮށް ހިތް
ޒަޚަމް ކޮށްފާ
މިތާ ދުނިޔޭގެ ފަސްގަނޑުގާ ، ކަލާ ދިޔައީ އެކަނި
ކޮށްފާ
********************
އެރޭދިން ސަނދުރަވީ އަލިކަން އުޖާލާ މޫނު ކޮށްލީމާ
އެރޭ ނިޔަނެތި ސަމާސާގާ ދެމީހުން އަތު ގުޅާލީމާ
އެރޭ ދުށް ލޯބި ހުވަފެންތައް އޮޔާ އެކުގާ އޮބާލީމާ
********************
ޔަގީނޭ މާމަލުގެ ރާނީ ކަމަށް ހިތުގާ ފަވާލީމާ
ހަގީގީ ރީތި ކަން ފެނިފާ ތަރިރުހަނދު އިސް ޖަހާލީމާ
ޔަގީނޭ ޝާއިރުން މޮޔަވާނެއޭ މޫނަށް ބާލާލީމާ
********************
އެރޭ އުފަލުން އެމެހެފިލްގާ ތަރާނާ ޔާރު އިއްވީމާ
މެރޭހިނދު ލޯ އެމަންޒަރުތައް ތަސައްލީއެއް ކަމަށްވީމާ
ކެރޭނޭހޭ އެދެން އިޝްޤަށް ޒުވާނާ ބޭވަފާވީމާ
********************
ވިލާ ރަތްލާ މަނާޒިރުގާ އަތާ އަތް ޖޯޑު ކޮށްލީމާ
ހިލާ ދެގޮތެއް ނުވާނޭ ބުނެ އެތައް ވައުދެއް
އުވާލީމާ
ފިލާ އޮވެ ހިތުތެރޭ ރަނިކަން ކަލާ އުފަލުންމެ
ކޮށްލީމާ
********************
މިއީ ލޯބީގެ ފޮނިމޭވާ ކަމަށް ޔާރާ ބުނެފަ ވީމާ
މިއީ އަދު އަޅުގެ ތަޤުދީރޭ ކަލާ ބުނެދިން ހަނދާން
ވީމާ
މިއީ ރަޙުމަތްކަމަށް ވެވިދާނެހޭ ދުނިޔޭން
އެކަނިވީމާ
10 comments:
bunaane ehcheh neygifa...mi buny vaguthu kolhuga ekey nun ingey... v habeys... keep it up
Asluves dhoo..
obi noavey.. bunevey nee hama molhu shaairei ge molhu baithe key
Keep it up.. Varah Furihama
Salhi :D
supa
v molhu lhenveiyeh, adhabee hamathah varah furihama
Obis...
V v furihama lhemeh, lhenverikamaa, basmaguves v furihama. Saabass, Keep it up man
obi..
Post a Comment