ލިޔުނީ: އަޙްމަދު ޔާމީން
އެކުވެރިންނޭވެ. ޙުއްބުލް ވަޠަންގެ މާތް ރޫޙާނީ ގުޅުންތަކުގެ މައްޗަށް ވިސްނާ ފިކުރުކުރުމަކީ މާތް ކަމެކެވެ. ދަރުމަވެރި ކަމެކެވެ. ޤައުމީ ނަޒަރަކުން ވިސްނާއިރު ޙަޤީޤީ ޤައުމިއްޔަތަކީ އެންމެ މީހަކު، ދެމީހެއްގެ މިންނަތުން ޙާސިލް ކުރެވޭނޭ ކަމެއްނޫނެވެ. ވަގުތާއި ޙާލަތު ތަދުބީރުކުރާ ކޮންމެ ގޮތަކީ ތިމާ އެންމެ ހިތްހަމަޖެހޭ ގޮތް ކަމަށް ނުވެދާނެއެވެ. އެހެނަސް "ނުރޯ ދަރިއަކަށް ކިރު ނުލިބޭނޭ" ކަމަށް އަޅުގަނޑުމެންގެ ކާބަފައިން ބުނެފައިވަނީވެސް ގައިމު ކަމެއް ވެގެންތާއެވެ. މިނިވަންކަމުގެ ޙަޤީޤީރަހަ ލިބުމަށްއެދި އަޅުގަނޑުމެންނަށް ގޭގައި މަޑުމަޑުން ތިބެވޭކަށްނެތެވެ. އަވަހަށް ނިކުންނަވާށެވެ. އެބޭފުޅަކަށް ކުރެވުނުގޮތަކަށް ބަޣާވާތާ ދެކޮޅަށް ކުރެވެމުން މިދާ ޤައުމީ ޖިހާދުގައި ބައިވެރިވެ ލައްވާށެވެ. ޓީވީ ބައްލަވަން ސިޓިންރޫމްގައި އިންނަވާއިރު ރައްޔިތުންގެ ސުލްޙަވެރި އިޙްތިޖާޖް ތަކުގެ ތެރެއިން ހުސްޖާގަ ތިބާއަށް ފެނިވަޑައިނުގަންނަވަނީތޯއެވެ؟ އެހެނަސް ޙަޤީޤަތުގައި އެއީ ހުސްޖާގައެއް ނޫނެވެ. އެއީ ތިބޭފުޅާގެ ޖާގައެވެ. އަވަހަށް ނިކުމެވަޑައިގެން އެ ހުސްޖާގަ ފުރާލައްވާށެވެ. ޤައުމީ ޖޯޝީ ރޫހުން އެ މައިދާނުގައި ސާބިތުވެ ލައްވާށެވެ.
ޔަޤީނެވެ. މިއީ 21 ވަނަ ޤަރުނެވެ. މިޤައުމުގައި
މިއޮތީ ޒުވާން ޖީލެކެވެ. ޤައުމުގެ ފުރިހަމަ ދެ ޖީލު މައުމޫނުގެ މަކަރުވެރިކަމާއި،
ކެހިވެރިކަމުން މަސްތުވާތަކެތީގެ ވަބާގައިޖައްސުވާ ހަލާކުކޮށްލިކަން މިއަދުގެ
ޖީލުގެ ޒުވާނުން ދަންނަންޖެހޭނެއެވެ. މިއަދު ޤައުމު ސަލާމަތްކުރުމަކީ
އަޅުގަނޑުމެން ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ބުރަ މަސްއޫލިއްޔަތެކެވެ.
އިޙްތިޖާޖް ކުރައްވާށެވެ. މަގުތަކަށް ނިކުންނަވާށެވެ. މިޒަމާނުގައި، ޒުވާން
އާބާދީއެއް އޮތް ޤައުމެއްގައި އަސްކަރީ ވެރިކަމެއް ކުރުމަކީ ލަދުހުތުރު ކަމެކެވެ.
ޕޮލިސް ސްޓޭޓަކަށް މިޤައުމުވުމަށް ތިބާ ރުހެމުތޯއެވެ؟ ތިމާގެ ދަރީންގެ މުޅި ޙަޔާތް
އަޅުވެތިކަމުގައި ނިމިގެންދިއުމަށް އެދޭނީ ހަމަބުއްދިހުރި ކޮން އިންސާނެއްތޯއެވެ؟
6،7،8 ފެބްރުއަރީ 2012 މިޤައުމުގައި ތަކުރާރުވުމަކީ ދިވެހިން އެދޭކަމެއް ނޫނެވެ.
ވަގުތުގެ އަޖަލުގައި ޖެހި ކުރެވޭ އެންމެހާ ކަންކަމުގެ ނަތީޖާ ނިކަން ހިތިވާނެއެވެ.
ބާޣީންނަށް އެހިތިކަން ފެންނާން ދެންއޮތީ 72 ގަޑިއެއްހާއިރެވެ. އެހެނަސް
އެކަންކުރެވޭނީ ހުރިހާ ރައްޔިތުން މަގުމައްޗަށް ނިކުމެ ނިކަން ކަށިން ހިތްވަރު
ނެރެގެންނެވެ.
އެކުވެރިޔާއެވެ. ތިބާ ހަމަ ސިޓިންރޫމްގައި ޓީވީ
ބައްލަވަން އިންނަވާނީ ތޯއެވެ؟ ޤައުމީ މައިބަދައިގައި އަޅަމުންދާ ވޭނުގެ އަޑު
ތިބާއަށް ނުއިވެނީތޯއެވެ؟ މި މަޑުމައިތިރި ހިތްގައިމު ފަޒާގެ ތެރެއަށް ޖެހި
ވަޒަންތައް އެތަށް ޒުވާނުންނެއްގެ ފުއްކިބައަށް އެރި ހަނދާން ނެތުނީތޯއެވެ؟ އެއީ އެދުވަހެވެ.
އެދުވަހު ސިއްރުގައި ވަޔަށް، ޖައްވުގެތެރެއަށް، ފަޒާގެތެރެއަށް އުދުއްސާލި އުންޑަ
މިއަދުވެސް ވަނީ ހަމަ ދިވެހި ރައްޔިތުންނަށް އަމާޒު ކުރެވިފައެވެ. އެހެނަސް ތަފާތު
ސިފައެއްގައެވެ. ރައްޔިތުން އިނދަ ޖައްސާލުމުގެ ވިސްނުމުގައެވެ. މިޤައުމުގައި
ފުލުހުންނާއި ސިފައިންނޫން ބަޔަކަށް މުސްތަޤްބަލެއް ނޯންނާނޭފަދަ އަޑިނުބައި
ރޭވުންތަކެއްގެ ތެރެއިންނެވެ. އަޅުގަނޑަށް އިވެމުންދާ ބިރުވެރި އަޑުތައް ތިބާވެސް
އައްސަވާނެކަން ޔަޤީނެވެ. ފުލުހުންނަށް ހައުސިން ލޯން ދިނުމަށް ނިންމި ވާހަކައެވެ.
ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ކޮންމެ އިންތިޚާބީ ދާއިރާއެއްގައި ޕޮލިސް
ސްޓޭޝަންއެއް ޤާއިމްކުރާ ވާހަކައެވެ. 50 ފްލެޓް ހުޅުމާލެއިން މިލްކު ކޮށްދޭ
ވާހަކައެވެ. މުސާރައާއި ޢިނާޔަތްތައް ބޮޑުކުރާ ވާހަކައެވެ. މެޑިކަލް
އިންޝުއަރެންސްގެ ވާހަކައެވެ. ރިސޯޓް ތަރައްޤީކޮށް ހިންގާ ވާހަކައެވެ. ބާޣީ ނާޒިމް
އާއި ބާޣީ ރިޔާޒްގެ އަމިއްލަ ވިޔަފާރިތަކުގެ ވާހަކައެވެ. ފައިސާ ލިބުނުގޮތެއް
ނޭންގި މުއްސަނދި މަހުޖަނުންނަށް ވެފައިވާ އަދި ވަމުން އަންނަ ސަލާމަތީ
ޚިދުމަތްތެރީންގެ ވާހަކައެވެ. މިހުރީ ހައްތަހާވެސް މިނިވަން ވިޔަފާރީގެ ތެރެއަށް
ސަލާމަތީބާރުތައް ވަދެ ޤައުމު އިނދަ ޖައްސާލުމުގެ އިންޒާރުތަކެވެ. ރައްޔިތުން
ބިކަކޮށް އޮޅުއެޅުމުގެ ގޮތުން ޖަހަމުންދާ ރަނގަބީލުތަކެވެ. ލަގްޒަރީ ވިލާ ތަކުގައި
އެވެރީން އުޅުމަށް ކޮށަމުންދާ މަގުތަކެވެ. ޤައުމު އެނބުރި އެއްކަލަ އަނދިރި ބަނަ
30 އަހަރުގެ ތެރެއަށް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތްތަކެވެ. އާއެކެވެ.
މޮޅުމީހާއަށް މޮޅުގޮތް ހޯދުމަށެވެ. ދެރަމީހާ އިތުރަށް ނިކަމެތި ކޮށްލުމަށެވެ.
ވިސްނަވާށެވެ. މާދަމާ މިޤައުމުގައި ދިރިއުޅޭނީ
އަޅުގަނޑުމެންގެ ދަރީންނެވެ. އެދަރީން އަޅުގަނޑުމެންގެ މައްޗަށް ހިތްބަރުކޮށް ބަދު
ދުޢާ ކުރުމަށް އެދޭނީ ކާކުތޯއެވެ؟ އެދުވަހުން އެ ދަރިފުޅު ބުނާނެވެ.
"ތިމަންނާމެންގެ ކާބަފައިން މި ޤައުމު އަޅުވެތިވުމަށް ދޫކޮށްލީ ކީއްވެ
ހެއްޔެވެ؟ 30 އަހަރުގެ އަޅުވެތިކަމުން ޤައުމު މިންޖު ކުރުމަށްފަހު އެ ހިތްވަރު
ތަކުރާރު ނުކޮށް ބާޣީންގެ ކުރިމަތީގައި އިސްޖެހީ ކީއްވެހެއްޔެވެ؟ އަހަރެމެންގެ މުސްތަޤްބަލް
ނޭއްގާނީ ކަމެއްގެ ތެރެއަށް ދޫކޮށްލީ ކީއްވެ ހެއްޔެވެ؟ ބާޣީންގެ ކިއްލާ
ވަރުގަދަކޮށް މޫލައި ހެދި ބޮޑުވާން ފުރުސަތު ދިނީ ކޮން މަޖުބޫރެއް ކުރިމަތިވެގެން
ހެއްޔެވެ؟ މިއަދު އެމޫތަށް ބުރިކޮށްލާނޭ ފަންވަރު ހުރި ޚަންޖަރެއް އަހަރެމެންނަށް
ލިބިފައެއް ނެތެވެ. އެއަށްވުރެ އެމޫތަށް އެވަނީ އާރުލާ ވަރުގަދަވެފައެވެ. ހުރި
ހިތާމައެއްގެ ބޮޑުކަމާއެވެ. އަހަރެމެންގެ ކާބަފައިން އަހަރެމެންނަށް މި
ފޯރުކޮށްދިން ޙަޔާތަށް ހަލާކު ހުއްޓެވެ."
އޭ އަޚާއެވެ. މި ޤައުމުގެ ހިތްވަރުގަދަ ޒުވާނާއެވެ.
ތިބާއަށް ކެތްކުރެއްވޭނެ ތޯއެވެ؟ މުޖައްރިބު ކަމަކީ ޤައުމުގެ ޙާލުގެ ދުލުން
ގޮވަމުންދާ ވޭނީ ގޮވުންތަކަށް ޤައުމިއްޔަތުގެ ރޫޙެއްހުރި އެއްވެސް ދަރިޔަކަށް
ފުރަގަސްދޭން ނުކެރޭނޭކަމެވެ. އަދިވެސް އިންނެވީ ތޯއެވެ. ތިޔަހެން ނުހައްދަވާށެވެ. މަގުތަކަށް ނިކުމެ ޤައުމީ
ޖިހާދަށް ކަނދުރާ ދިއްކޮށްލައްވާށެވެ. ތިބާގެ ވިސްނުން ގޭގެ ސިޓިންރޫމުން ބޭރަށް
ނެރުއްވާށެވެ. އިސްލާޙީ ޙަރަކާތާއި، ގުޅިވަޑައިގަންނަވާށެވެ. ބާޣީންތައް
ފަހާލުމުގެ ޢަމަލީ މަސައްކަތުގައި ބައިވެރިވެލައްވާށެވެ. 30 އޯގަސްޓްގެ ކުރިން
ރައްޔިތުންގެ ސަފުތަކުގެ ތެރޭގައި ހުސްކޮށް އޮތް ތިބާއަށް ޚާއްސަކުރެވިފައިވާ ޖާގަ
ފުރާލަދެއްވާށެވެ. މިއީ ތިބާގެ ދަރީންގެ ޙައްޤުގައި ތިބާ ގެ ޙިއްސާ މި ޤައުމަށް
ފޯރުކޮށްދޭންޖެހޭ ވަގުތެވެ. އެހެނަސް މި ޤައުމު ޕޮލިސް ސްޓޭޓަކަށް ވުމަށް ތިބާ
އެދޭނަމަ ނުވަތަ ތިބާގެ ދަރީންގެ ޙަޔާތަކީ ހިތްދަތި އަނިޔާވެރި އުނދަގޫ ޙަޔާތަކަށް
ވުމަށް އެދޭނަމަ ތިބާ ޓީވީ ބައްލަވަން ސިޓިން ރޫމްގައި އިންނަވާށެވެ.
http://www.newdhivehiobserver.com/news/4242
10 comments:
އަހަރެނގެ ހުސްޖާގަ މިހާރުން ފެށިގެން ފުރާލީމެވެ. އަހަރެންގެ މުސްތަގުބަލައް ޓަކައެވެ. އަހަރެންގެ ދަރިންނާއި ދަރިންގެ ދަރީންގެ މުސްތަގުބަލައްޓަކައެވެ. ޤައުމައް ޓަކާއެވެ.
Fidha Waheed, Daughter of Maldives Coup President Dr.B M Waheed , praises her Dark Mother God, and how she woke up to Hindhuism.
ވަރަށް ސަޅި އަސަރުގަދަ ލިޔުމެއް. މި ލިޔުމުގައި މިވާ ފަދައިން މިއަދު އަޅުގަނޑުމެން މިނިވަންކަމުގެ ޖިހާދަށް ނުނުކުމެއްޖެނަމަ މި ލިޔުމުގައި އެ ވިދާޅުވާފަދަ ގޮތަށް ކަންކަން ހިނގާނޭކަމީ ފެންނަންހުރި ކަންތައްތަކުން އެނގި ކަށަވަރުވާކަމެއް.އަޅުގަނޑުވެސް ގޮވާލާނީ ނުކުންނެވުމަށް. ޤައުމުވެއްޓޭން މިދާ އަދަވަޅުން ސަލާމަތްކުރެއްވުމަށް ނުކުންނެވުމަށް.
މާތްﷲ ތިބާއަށާއި ތިބާގެ ވާގިވެރިންނަށް ރަޙްމަތްއިތުރުކުރައްވާށިއެވެ. ޙައްޤުންފުރިގެންވާ ޢިބްރަތްތެރި އާދޭހުގެ މެސެޖެކެވެ…..ޤަބޫލު ކުރައްވާ! އެހިދަކަށް ބޭނުންވި ކޮންމެ ގޮތެއްގައި ޤައުމާއި ދީނަށްޓަކާ އަންނަންއޮތް ޖީލަށްޓަކާ އަޅުގަޑުގެ ޖާގަ އަޅުގަޑުފުރާނަމެވެ… ވާންޖެހުނު ކޮންމެ ޤުރްބާނެއްވާނަމެވެ. ބާޣީންގެ ޙަރާމްވެރިކަން އެއްމެ ދުވަކުވެސް ދެކޭކަށް ބޭނުމެއްނޫނެވެ.
ޓިވީ ބަލަން އިންދާ ފަހަރެއް ގެ ވެރިކަމަށް ހުވާ ކުރަން ވެސް ގުޅާފާނެ އެއްނު. ހެހެހެ
ޔާނު ދޮންބެ ހަބޭސް އިނގޭމި ލިޔުން
2008، ވަނައަހަރު ވެރިކަންބަދަލުވިދުވަހު އޭރުގެ ޑީއާރޕީންކުރަންނިންމާފަހުރިކަންކަން މާދަމާ ގެރިޕޯޓާގުލުވައިގެން ކުރަންނިންމާފައޮތީ “މިސްކިތެއްގަހުޅުޖެހުން، ބޮއްމުންދުމެންގޭގަ ހުޅުޖެހުން،” މިފަދަކިތަންމެނަމެއް.
ވަރައް ކަމުދާ ރިޕޯޓެކެވެ. މިރިޕޯޓް ރާއްޖެ ޓީވީ އިން ގެނެސް ދެއްވުމަކީ ވަރަށް ރަނގަޅު ކަމަކަށް ވާނެކަމީ ކަށަވަރުވެ ޔަގީންވާކަމެކެވެ.
ބާގީންނަށް ދޫނުކުރާތި އެމީހުން އެތިބީ ގޮތްހުސްވެފަ މިގައުމުގަ މިލިޓަރީ ވެރިކަން ކުރާކަށް ޖާގައެއް ނުދޭނަން…..ވަރިހަމަ އަހަރެމެން ކަތިލިޔަސް…މައުމޫނު އަޑީގަ ހުރެގެން ބަކަރި ގައުމުގެ ޢިލްމުވެރިންގެ އަގުވައްޓާލާ މީސްތަކުން މަގުފުރައްދާ ބަގާވާތްކުރުވީ….ތިމާގެ ދަރިންނަށް ވެރިކަން ހޯދާދޭން…..ރަގަޅަށް ވެރިކަން ކާންދޭނަން މިފަހަރު ނުލަފާ ޖައްބާރު މިހާގަނޑާ.
މަސްނިމޭއިރު މިފަހަރު މުސާދެވޭނެކަމުގެ ޔަގީންކަމެއްނޯންނާއެވެ. ޗާޕުކޮއްފައި ހުރި ފައިސާތަށް ނެރިގެން ނޫނީ މުސާރައެއްނުދެވޭނެއެވެ. ގައުމު ދަތުރުކުރަމުން މިދަނީ ޒިންބާވްބޭ ،ރުވަންޑާ ދިޔަދިމާލަށެވެ، ފުލުހުންނާއި ސިފައިންގެ ތެރެއިން ބައާވާތުގައި ބައިވެރިވީ މީހުނަށްދީ މުޅި ދައުލަތް ހުސްކޮށް ދެވާލައިފިއެވެ .ވެރިކަމުގައި ނުތިބެވޭނެ ކަނަ ޔަގީންވާތީ އަތުޖެހުނުގޮތަކަށް ދަނީ ނަގާފޮރުވަމުންނެވެ. މިހިސާބަށް ދިޔައީމަ ދެން މަޑަކުން ނުތިބެވޭނެއެވެ . ބައާވާތެއް ނޫނޭ ބުނެފިނަމަ ، އެދުވަހު ކަންތަށް ކުރިގޮތަށް ކުރީމަ ނިމުނީއެވެ.
Post a Comment