24 March 2012 9 comments

އަދުގެ ހާލަތު ކުރުކޮށް ފޮނިކޮށް





ޅެން: އަޙުމަދު ޔާމީން 

މިއީ އަދު މި ޤައުމުގެ ނަމޫނާ ޒުވާނުން
މިއީ ދީބު އެދިވާ ލަފާދާރު މިތުރުން

***************

ވަމާހޭ މި ޤައުމަށް ވަފާތެރި ޒުވާނުން
ދަމާހޭ މި ޖާނުން ނިކަން ރޫހު ނެރެމުން

***************

ލަފާދާރު ވެރިއެއް ނެތޭ މިއަދު އަމުދުން
އަތާއަތް ގުޅާލާނެ ވެރިއަކު މި ޖައްވުން

***************

ކުރިން ހީކުރީމޭ ތިއީ މާތްވި ޝޭޚުން
ހިނގީމޭ އަދަބުވެރި ކަމާއެކު މަ ފަހަތުން

***************

ވަފާތެރިކަމޭ ދެންނެވޭނީ ކިހިނަކުން
ފަސާދައިގެ ހުޅުގަނޑު މި ދީބަށް ފެތުރުމުން

***************

ބަޣާވާތު ކުރުމަށް އެސޮރުމެންގެ ރޭވުން
ބަލާލަން މަ ޓީވީ ، ވިޔޭ ކޮސް އެ އަމަލުން

***************

ބަޔާނެއް ނުވާނޭ ހިތަށްވީ ތުރާލުން
ޚިޔާނަތްތެރިން ހާދަ ގިނައޭ މި ޤައުމުން

***************

ބަޣާވާތު ސައްލާ ކުރެއްވީތި އެދުރުން
ދިމާ އިދިކޮޅަށް ޤައުމު ނިކުތީއެ ގެދޮރުން

***************

ޚިޔާނަތްވި ޒާލިމް ވަގުންކަން މި ދޭހުން
ޒަމާނާއި ހާލަތު ދެޔޭ ހެކި ޔަޤީނުން

***************

ނަޝީދުގެ ނަމޫނާ ހިފާށޭ ޒުވާނުން
ނަޝީދީ ޗަމަން ވީ ފަވަން ލޭގެ ރަމްޒުން 

***************

އެހާ މާތްވި ވެރިއެއް ނުވާނޭ ޒަމާނުން
އެހާ ސާފު ހިތްތިރި ޒުވާނެއް ޔަގީނުން 

***************

ލަފާދާރު ޢިލްމީ ނަމޫނާ ޒުވާނުން
ދަމާ ޖޯޝުގާ ތިބެ މި "އަންނީގެ" ފަހަތުން

 ***************
 
"ނަނާ ހުވަފެނެއްގާ" ތިބީމޭ މި ދިވެހިން
ފަނާ ކޮށްލި ދިގުވީ "ތިރީހުގެ" އުދާހުން

***************

ދަރިންނޭ ފިކުރުކޮށް ދުރަށްވީ ބަލާލަން
ހަށިން ހޭ ފޮޅާ ކުރުވި ތަޢުބީރު ޢަމަލުން

***************

އަށެއް ސައްތަ ދޭކުން ވި އޯގަސްޓު ހަތަކުން
ބިރެއްނެތި ވެދުންކޮށްލި ޤާނޫނު ޙައްޤުން

***************

"އަނެއް ރާއްޖެ" ތަނަވަސްކަމާއެކުގަ ހޯދަން
މަމެން ފުރިތަނާ ކޮށްލި ޖާހިލުވި ޢަމަލުން

***************

އެ ޢިމުރާނު، ޔާމިން ، ޝަހީމާ އި ޝޭޚުން
އެ ހިނދުވީ ޚިޔާނަތް އެ ޤާސިމް ޔަޤީނުން

***************

އެ ޙަސަނާއި، މައުމޫނު، ޖާބިރުގެ ރޭވުން
އެ ޙަސަދައިގެ ހޫނުން ގެނައި އިންޤިލާބުން

***************

ރިޔާޒާއި ، ނާޒިމް ، އުމަރު ސާރގެ އަމުރުން
ހިލާލީ މި ދީބުގެ އުޚުއްވަތް އެޢަމަލުން

***************

ވަޙީދާއި ، ތަސްމީނު، އިލްޔާސު އަމުދުން
މަ ހީހީ ހަލާކޭ މިގަތް ހުތުރު ގަނޑަކުން

Labels

 
;