06 September 2013 0 comments

އެއްބުރުން



ޅެން: އަޙުމަދު ޔާމީން 

އެންމެ ބޮޑު ޕާޓީގެ ލީޑަރު އެއްބުރުން ގެންނާނަމޭ

އެންމެ މޮޅު ޕޮލިސީ އޮތީމާ ވެރިކަމަށް ގެންނާނަމޭ

 **********

ނިކަމެތިންނާ އަދި ފަޤީރުންނަށްޓަކާ ހަމްދަރުދުވާ

ނިކަމެތިންނާ މެދުގަ ވިސްނާ ރަންމުތެއް ހޯދާނަމޭ

ބިކަވެފާތިބި އެކަނިވެރި މައިންނަށް ދިރުން ގެނުވާނަމޭ

**********

ފަޅުގޮވާމުން އިޤުތިސޯދަށް ހެޔޮ ނަފާ ހޯދާނަމޭ

ފަޅުނުވާނޭ ހެން ރަށަށް ގިނަ ކުރިއެރުން ގެނުވާނަމޭ

ކަޅު އަނދިރި ބިރުވެރި ތިރީހަށް ފުރުސަތެއް ނުމެދޭނަމޭ

 **********

ހެޔޮކަމާ ހިތްހެޔޮކަމާ ދީލަތިކަމާ ދުރު ވިސްނުމުން

ހެޔޮހިތުން ވިސްނާނެ ލީޑަރު ދެން އަލުން ގެންނާނަމޭ

ހެޔޮ ލަފާ ޖީލެއް ބިނާ ކުރުމަށް ނަޝީދު ހޮވާނަމޭ

 **********

ވަޢުދުތައް މެކުހަށް ޖަހާނޭ ފުރުސަތެއް ހޯދާނަމޭ

ޤައުމުގާ ކުރި ބޮޑު ބަޣާވާތް އެއްބުރުން ނިންމާނަމޭ

ދަޢުލަތުގެ މިސްރާބު ހެޔޮކޮށް ވޯޓުލާ އަނބުރާނަމޭ

**********

އަންނިއޭ އަދު ޤައުމު އެދެނީ އެންމެ ހިތްތިރި ލީޑަރޭ

އަންނިއާ ލުތުފީގެ ހަތަރެއް އެއްބުރުން ގެންނާނަމޭ
 
އަންނި ކޮށްޓެވި މަގުގަ ހިނގަމުން ޤައުމު ކުރިއަރުވާނަމޭ

Labels

 
;