07 March 2013

ކާޅު ބާޣީ ކުޑޭ



ޅެން: އަހުމަދު ޔާމީން


"ކާޅު ބާޣީ ކުޑޭ" ބެދި ހަފުސް ވެއްޖެ މަރު
ރާޅުލާ ކުރި ބަޣާވަތް ނިކަން ބަނދެ ކަމަރު..

ފާޅުގާ "އިބްނު ޤާރޫނު" ދިން ގިނަ ޑޮލަރު
ވާޅުލާ "ފިލި ކަޅޭ" ހިފިގޮތަށް އޮޅި މަލަރު..

*****************

ކޮށްލި ހުވަޔާއެކީ "އަންނި" ދެއްކީ ހުނަރު
ކޮށްފި އިޤްރާރު ކެރިގެން ޖަހާ ކަޅު ވަކަރު..

"ދުއްރަ" ޖެހި ނިކަމެތިވި ރައްޔިތުންނަށް ޕަވަރު
ބުއްދިކޮށް ޤައުމު މެކުހަށް ޖަހާލީ އެސޮރު...

*****************

ހައުދަ "އުސްމިންތަކަށް" ފެށިގޮތުން ބޮޑު ދަތުރު
ބައުރިޔާ ފެޅި ނުކިއްސަރުވެ މިސްރާބު ދުރު..

ނައުނަގާ ސޫރިވައިގާ ފިލަން ކުރި ދަތުރު
"ކައުނު ސީމެގް" ފަހާލީ ކުރަން ބުނެ ފިކުރު..

*****************

ވާމޮޅެއް ކަމުހިތާ ވީޑިއޯ ކޮށް ޚަބަރު
މާރޮނޑެއްހެން ހިފާ އޮޅުލަމުން ބުއި ޒަހަރު..

ގައުނަގާ "އެންގުރީބާރޑު" ބޮއެގެން ހަކުރު
ދަޢުލަތާ ވެރިކަމާ ފޭރިގަން ބޮޑު ތަކުރު..

*****************

ޤައުމު އިނދަޖައްސުވަން "ބޮޑު ގޮޅާ" ހެދި ސިހުރު
ޤައުމު ސުމަކުން ދަވާލީ "ހިލާލީ ބަބުރު"..

ލައުނަތޭ އަދު ކަލޯމެން "ޢަދާލަތު" މަކަރު
ހައުދަ ހުތުރޭ މި ދީނަށް "ބާޣާވަތް ޝަހަރު"..

*****************
ހުސް ދޮގާ ހީލަތާ ހެދި ތުނބުޅިލީ އެދުރު...
ފުސްބުރާ މޫނު ދެއްކެން ކުރީތީ ހުކުރު...

މުސްލިމުންނޭ ޙަޤީޤަތް ބަލާ ކޮށް ފިކުރު
ކުސްތަޅާ "ރޯނު ކަންނެލި އެދުރު" ވީ ކުފުރު..

*****************
=ނިމުނީ=

0 comments:

Post a Comment

Labels

 
;