މިއީ، މުޙައްމަދު ފަރީދުގެ ރަސްކަމުގައި އަދި އިބުރާޙީމް ނާޞިރުގެ ބޮޑުވަޒީރުކަމުގައި ރާއްޖެތެރޭމީހުންނަށް މާލެއިން ގޯތި ދިނުމުގައި ޢަމަލުކުރަމުންއައި އުޞޫލެކެވެ.
"އުތުރުގަޑުބަޑު" ނަމުން މަޝްހޫރުވި، މާލޭ ފަޅުތެރޭގައި ކުރި އެންމެބޮޑު މުޒާހަރާގައި ހުށަހެޅުނު އުތުރު ރައްޔިތުންގެ ހުށަހެޅުންތައް.)
- ރަށްރަށުގައި ކިޔައި އުޅުނު مولود صلواة ފުޅު އިހުގައި ކިޔައި އުޅުނުގޮތްމަތީން ކިޔުމުގެ އަމުރުފުޅު ދެއްވުން.
- السلطان الغازی ބަންޑާރައިންނަށް އިހުގައި ދިއްދޫން އޮންނަތަކެތި ރައްދުކޮށްދެއްވުން.
- މިހާރު ހުންނެވި السلطان حسن نورالدین ރަދުންގެ ޢިއްޒަތާއި ތާނިޔާ ނެތިދިޔަގޮތް އަންގަވައިދެއްވުން.
_ ރައްޔިތުންގެ ބޮޑުއިސްޓޯރުގެ ނަން ރައްޔިތުންގެ މަތީންކަޑުއްވައި، ސަރުކާރުގެ އިސްޓޯރެއް ގޮތުގައި ހިންގަވަން ފެއްޓެވުން.
- ބޮޑުއިސްޓޯރުގައި ބަހައްޓާ ސިޓީގައި ސަރުކާރުގެ ސޮއި އޮތުން.
- ބޮޑުއިސްޓޯަރަށް މަސްކިރުމުގައި، މުދަލާއި ފައިސާ ދޭން ނުލިބޭ މިންވަރަށް މަސްނުކިރުވުން.
- ބުންބާ ބަޑަހަލަށް މަސްކިރުމުގެ ހުއްދަ އޮތުން.
- ހަތަރު ހަންދަރަށްވުރެ ހަނޑުލުގެ އަގު ބޮޑުނުކުރުން.
- ބިދޭސީންގެ އަތުންނެގޭ މަޢުމޫލު ކުޑަ ކުރެއްވުން.
- މާލޭގެ އެއްގަމަށް ރޭގަނޑު ފޭބުމުގެ އަމުރު ދެއްވުން.
- ވަރުވާ އަށް ދަރާ އޮންނަ ތަންތަނަށް ބޮޑުއިސްޓޯރުގައި ފައިސާ ބެހެއްޓި ސިޓީ ސަރުކާރުގެ މަޙުކަމާތަކަށް ބެހެއްޓެވުން.
- ރެއާއިދުވާލަކަށް ބައިލާހި ކައިގެން މީސްތަކުން ދުނިޔޭގައި ތިބެވޭނެ ގޮތެއް ނުތުމުން އެއަށްވުރެ އިތުރު ކޮށްދެއްވުން.-
- ވަރީގެ ޖޫރިމަނާ ލުއިކޮށް ދެއްވުން.
- ވަރިސާބިތު ކޮށްދެއްވުން އަވަސް ކޮށްދެއްވުން.
- މާޅޮސްމަޑުލު ދެބުރީގެ. ރައްޔިތުންގެ ތެރެއިން ބަލިމީހުންނާއި އެނޫންމީހުން ވަކިކޮށް ބަލިނޫން މީހުންނަށް އެއްރަށުން އަނެއްރަށަށް ސިޓީއަކާއި ނުލައި ދިޔުމުގެ ހުއްދަ ދެއްވުން.
- މާލެ ނާދެވޭގޮތަށް އޮންނަ ކަރަންޓީނު އުވާލަދެއްވުން.
- ރަށްރަށުގާވެސް ޢިލްމު ކިޔަވައި ދެއްވުމުގެ ހުއްދަ ދެއްވުން.
މިއީ ( އުތުރުގެ ރައްޔިތުން ލިޔުމުން ސަރުކާރަށް ދެންނެވި ލިޔުމުގެ ނަކަލެއް)
Subscribe to:
Posts (Atom)
Labels
- Dhen Ma Hee Hee (2)
- Dhivehi Poets (3)
- Havaa (1)
- Historical (7)
- kulli (4)
- MDP (5)
- Politics (25)
- Social (1)